logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލަ އެއްގެ ތަހުގީގަށް 2 މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ،  ކ. ގާފަރު / ހުދުވިލާ، އުމުރުން 40 އަހަރުގެ ޝީޒާ އިސްމާއީލް އާއި، ގދ. ވާދޫ / އަތަމާގެ، އުމުރުން 25 އަހަރުގެ އިހުސާން އިބްރާހީމް އެވެ.

ފުލުހުން ބުނީ އެމީހުން ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް އެމީހުން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، މި ދެ މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް މިމަހުގެ 29 ވަނަ ދުވަހު 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ