logo minivan

English

ހޮނިހިރު, 21 ސެޕްޓެމްބަރ 2024

ގޭތެރޭގައި ހުންނަ މޯލްޑް ފަންގަސް އަކީ ސިއްހަތައް ކިހާ ނުރައްކާކުރާ އެއްޗެއްކަން އިނގޭތަ؟

މޯލްޑް އަކީ މޮއިސްޗާ އާއި އޮކްސިޖަން ހުންނަ ކޮންމެ ތަނަކުން ވެސް ފެނިދާނެ، ފަންގަސް އަށް ނިސްބަތްވާ އެއްޗެކެވެ.

ބިންގަނޑާއި ގަސްގަހާގެއްސާއި މަރުވެފައިވާ ނުވަތަ ހަލާކުވާ މާއްދާތަކާއި އޮމާން ތަންތަނުގައްޔާއި ކަރުދާހާއި ފާރު ފަދަ ތަންތަނުގައި ތެތްކަން އުފެދުމުގެ ސަބަބުން ވަރަށް އަވަހަށް މޯލްޑް އުފެދެއެވެ.

މޮލްޑްގެ އެތައް ބާވަތެއް ހުރެއެވެ، އެ ހުރިހާ ބާވަތެއް އުފެދުމަށްވެސް ފެން ނުވަތަ މޮއިސްޗަރ ބޭނުންވެއެވެ. ޢިމާރާތްތަކުގައި ނުވަތަ ޢިމާރާތްކުރާ މެޓީރިއަލްތަކުގައި މާގިނައިން މޮއިސްޗަރ ޖަމާވެއްޖެނަމަ، މޯލްޑް ވަރަށް އަވަހަށް އުފެދެން ފަށައެވެ.

މޯލްޑް ފެތުރެނީ ކިހިނެއް ހެއްޔެވެ؟
މޯލްޑް ފެތުރެނީ ވައިގެ ތެރޭގައި ހުންނަ ސްޕޯރސް ނަމަކަށް ކިޔާ ކުދި ރިޕްރޮޑަކްޓިވް ސެލްތައް އުފައްދައިގެންނެވެ. މޯލްޑް ސްޕޯރސް އަކީ އާންމުގޮތެއްގައި މެގްނިފިކޭޝަން (2-10 um އާ ދެމެދުގެ ސައިޒުން) ނުފެންނަ އަދި ގުދުރަތީ ގޮތުން އިންޑޯ އަދި އައުޓްޑޯ ވައިގައި ވެސް އެކުލެވޭ އެއްޗެކެވެ. ބައެއް މޯލްޑްތަކުގައި ހުންނަނީ ފަސޭހައިން ވައިގެ ތެރޭގައި އެނބުރޭ ތަކުރާރުކޮށް ސެޓްލްވާ ސްޕޯރސްތަކެވެ. އަދި ބައެއް މޯލްޑްތަކުގައި ތަތްލަވާ ޒާތުގެ ސްޕޯރސް ހުންނައިރު، އެ ސްޕޯރސްތައް ސަރފޭސްތަކުގައި ހަރުލައި ހުރެއެވެ. އެފަދަ މޮލްޑްތައް ޑައިރެކްޓް ކޮންޓެކްޓުގެ ސަބަބުން ފެތުރިގެންދެއެވެ.

ސްޕޯރސް އަކީ އެ އުފެދުމަށްފަހު އެތައް އަހަރެއް ވަންދެން ފެތުރުމުގެ  ގާބިލުކަން ހުންނަ އެއްޗެކެވެ. މީގެ އިތުރުން ސްޕޯރސް ތައް ދިރިހުރި ކަމުގައިވިޔަސް ނުވަތަ މަރުވެފައި ހުރިނަމަވެސް އޭގައި ހުންނަ އެލާޖީންތައް އެތައް އަހަރެއް ވަންދެން އެލާޖެނިކްކޮށް ހުރެއެވެ.

ގޭގައި މޯލްޑް ހުރުމަކީ ކިހާ ނުރައްކާތެރިކަމެއްކަމާއި އޭގެ ސަބަބުން ސއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ހެލްތުލައިން މެގަޒިނުން ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން ގޭތެރޭގައި މޯލްޑްގެ އަސަރު ހުރިނަމަ މޯލްޑް ސްޕޯރސް ގައިގަ ބީހިގެންނާއި ނޭވާލުމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ސަބަބުން ރޯގާ ޖެހުމާއި،ލޯ ހިރުވުމާއި، ކިނބިހިއެޅުމާއި، ކެއްސުމާއި، ކަރުތެރެ ހިރުވުމާއި، ހަންގަނޑު ރަތްވުމާއި، ބޮލުގައި ރިއްސުމާއި، ފުއްޕާމޭ ހިރުވުމާއި، ނޭވާލާއިރު އަޑު އިވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

މޯލްޑް އެކްސްޕޯޝާ އިން ގިނަ މީހުންނަށް ސީރިއަސް މައްސަލަތައް ކުރިމަތިލާންޖެއެވެ. އެހެންކަމުން މޯލްޑްގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކާ ގުޅޭ  އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރައްދެއްކުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ މޯލްޑްއާ ގުޅުންހުރި އިންފެކްޝަނެއްގެ އަލާމާތްތައް ފެންނަމުންދާނަމަ އިތުރައް ގޯސް ނުވަނީސް އެކަމަށް ފަރުވާކުރުމަކީ މުހިއްމު ކަމަކަށް ވާތީއެވެ.

މޯލްޑް ހުރި ތަނެއްގައި ހުންނަ ނަމަ އެތެރެއަށް ނޭވާލާ ކޮންމެ ފަހަރަކު މޯލްޑް ސްޕޯރސް ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ދާނެއެވެ. އެހެންކަމުން ސިއްހީ ބައެއް ބަލިތައް ހުންނަ މީހުންނަށް ފުއްޕާމޭގެ އިންފެކްޝަނެއް ނުވަތަ އެހެނިހެން އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު މޯލްޑު ސްޕޯރސް ގެ ސަބަބުން މެދުވެރިވެދާނެއެވެ. މޯލްޑްއާ ގުޅުންހުރި އިންފެކްޝަންތަކުގެ ތެރޭގައި ހިސްޓޮޕްލާސްމޯސިސް، ވެލީ ފީވާ (ކޮކްސިޑިއޮއިޑޮމައިކޯސިސް) ހިމެނެއެވެ.

އަދި އަރިދަފުސް، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ސީއޯޕީޑީ)، ކޯޓިކޯސްޓީރޮއިޑް ބޭނުންކުރާ ނުވަތަ އެޗްއައިވީ ޖެހިފައިވާ މީހުން ހިމެނޭ ގޮތަށް ދިފާއީ ނިޒާމު ކޮމްޕްރޮމައިޒްވެފައިވާ މީހުްނާއި ސިސްޓިކް ފައިބްރޯސިސް، ޓީބީ ފަދަ ބަލިތައް ހުންނަ މީހުންނަށް މިބަލިތަކުގެ ނުރައްކާ ބޮޑުވެދާނެއެވެ.

މޯލްޑް ގެ މައްސަލައެއް އުޅޭކަން އެނގޭނީ ކިހިނެއް؟
ގޭތެރެއިން މޯލްޑް ގެ ވަސް ދުވާނަމަ ނުވަތަ މޯލްޑް ފެނިއްޖެނަމަ އެއީ މައްސަލައެކެވެ. މޯލްޑް ފެށެނީ ކުޑަ ތަންކޮޅެއްގެ ގޮތުގަ އެވެ. އާންމުގޮތެއްގައި ވަރަށް ކުރީކޮޅު އެކަން ފާހަގަވާނެއެވެ، އެހެންކަމުން ސިއްޙީ މައްސަލަތައް ކުރިމަތިވާން ފެށުމުގެ ކުރިން  މޯލްޑް ނައްތާލަން ޖެހެއެވެ.

ގޭތެރެގާއި ހުންނަ މޯލްޑް ނައްތާލާނީ ކިހިނެއް؟

ބްލީޗާއި ފެން އެއްކޮށްލުމަށްފަހު މޯލްޑް ސްކްރަބް ކޮށްލުމަށްފަހު ސާފު ތުވާލިކޮޅަކުން ފޮހެ ފާރުތައް ހިއްކާލެވެދާނެއެވެ، ނުވަތަ ޑިޝް ސޯޕާއި ފެން ބޭނުންކޮށް ދޮވެލުމައްފަހު ހިއްކާލުން، މައިކްރޯފައިބަރ ފޮތިގަނޑެއް ބޭނުންކޮށްގެން ވިނެގާ އާއި އެއްކޮށްގެން ފެލުން، ފެނާއި ހުދު ވިނެގާ ނުވަތަ ޓީ ޓްރީ އޮއިލްގެ ސޮލިއުޝަނަކުން އެ ސަރަހައްދު ޑަބް ކުރުން،
ވިހަ ނޫން ގޭތެރޭގެ ސާފުކުރާ ތަކެތި ކަމަށްވާ ވިނެގާ އާއި ބޭކިން ސޯޑާ އެއްކޮށްލުމަށްފަހު ރަނގަޅަށް ސްކްރަބްކޮށލައި ހޫނު ފެނުން ދޮވެލުން ފަދަ ގޮތެއް ބޭނުންކޮށްގެން މޯލްޑް ނައްތާލެވިސާނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *