logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ބީއެމްއެލްގެ ބޯޑަށް ޗެއާޕާސަން ކަނޑައަޅައި މެންބަރުން އައްޔަނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން އައްޔަންކޮށްފިއެވެ.

ހާއްސަ އާންމު ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ބޯޑު ބައްދަލުވުމުގައި އަހްމަދު އަލީ ހަބީބު ވަނީ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.

މިއަދު ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޭންކުގެ ޑިރެކްޓަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ނޫވިލާގެ، އަހްމަދު އަލީ ހަބީބާއި، މަރަދޫފޭދޫ ޑޭލައިޓްވިލާ، އަލީ އިރުފާން، އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މުޙައްމަދު ޝާހިދުއެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ޢައްޔަންކުރައްވާ 6 މެންބަރުންނާއި، ބީއެމްއެލްއިން ޢައްޔަންކުރާ 2 މެންބަރުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:

1. އަހްމަދު އަލީ ހަބީބު، ނޫވިލާގެ، ސ. ހިތަދޫ
2. އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
3. ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
4. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، ކ. މާލެ
5. ޢަލީ އިރުފާން، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ
6. މުހައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90

އާންމު ހިއްސާދާރުނަގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުން:

1. އަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
2. މޫސާ ރަޝީދު، މ. ގަސީމް، ކ. މާލެ
3. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝީން، ކ. މާލެ

އެމްއެމްއޭ އިން ބޭންކްތަކާއި މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ ބޭފުޅުން އައްޔަން ކުރެވޭ ގޮތަށް ބޭންކްތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވާއިދު އިސްލާހުކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *