ލިވާފޫލުގެ ދަނދުގައި ބޯންމައުތާ ވާދަކަޯސް 0-3 ގެ ނަތީޖާއަކުން ލިވަފޫލު މޮޅުވުމާ ގުޅިގެން ޕްރިމިއާ ޓީމުގެ 1 ވަނައަށް އެ ޓީމު އަރައިފިއެވެ.
ޕްރިމިއާ ލީގުގައި ލިވަފޫލު ކުޅުނު 5 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. 2 ވަނާގައި އޮތް ސިޓީ އަށްވެސް ލިބިފައިވަނީ 12 ޕޮއިންޓެެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ލިވަޕޫލަށް ވަނީ ޓޭބަލްގެ އެއްވަނަ ލިބިފައެވެ.
އެންފީލްޑްގައި ކުޅުނު މެޗުގައި ޖެހި 3 ގޯލުގެ ތެރެއިން 2 ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކޮލަމްބިއާ ވިންގް ލުއިސް ޑިއާޒްއެވެ. މެޗުގެ 26 ވަނަ މިނެޓުގައިލިވަޕޫލްގެ ފުރަތަމަ ގޯލް ޑިއާޒް ކާމިޔާބުކުރީ އެ ޓީމުގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ދިން ބޯޅައަކުންނެވެ. އޭގެ 2 މިނެޓު ފަހުން ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުން ޑިއާޒް ވަނީ 2 ވަނަ ގޯލް ޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފަ.
ލިވަޕޫލްގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހު ދިން ޕާހަކުން އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒްއެވެ.
އެ މެޗްގައި ޖެހި 3 ގޯލްވެސް ފެނިގެންގޮސްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ.