logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އެއް ދުވަހުން 200 އަށްވުރެ ގިނަ ސައިކަލް ނަގައިފި

މާލޭ ސިޓީގެ މަގުމަތީގައި ހުންނަ ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތުގެ ފުރަތަމަ ދުވަހު 224 ސައިކަލު ނަގައިފި އެވެ.

ހެނދުނު 8 ޖެހިއިރު އެ މަސައްކަތް ފަށާފައިވާއިރު ސިޓީ ކައުންސިލުން ބުނީ އުޅަނދުތައް ނައްތާލާނީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ފުލުހުން ގުޅިގެން ކަމަށެވެ.

ކައުންސިލުން ވިދާޅުވީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. މިއަދުގެ މަސައްކަތް ހަވީރު 6 ޖެހުމާ ހަމައަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސަތުފާ ވިދާޅުވީ މިއަދު ކުރިއަށްދާ ހަރަކާތުގައި ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުތަކުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *