logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބޮކްސާ ތެރެއަށް ލައިގެން މަސްތުވާތަކެތި އެތެރެ ކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

ބޮކްސާ ތެރެއަށް މަސްތުވާތަކެތި ލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހާގެ  ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

ވައިގެ މަގުން މި މަހުގެ 16 ވަނަ ދުވަހު މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރީ ސ. ހިތަދޫ، ސަމަންދަރު، އުމުރުން 35 އަހަރުގެ އަހްމަދު އަހްސަން އެވެ.

އަހްސަން މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ އަހްސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފަ އެވެ.

ކްރިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނީ، މަސްތުވާތަކެތި ވިއްކާ، ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުސަނު، ބޮކްސާ ތެރެއަށް ލައިގެން ބައިކިލޯ އަށްވުރެން ގިނަ އެކި ބާވަތުގެ މަސްތުވާތަކެތި ގެނެސްފައިވާކަން ފުލުހުންނާއި ކަސްޓަމުން ދީފައިވާ ބަޔާނުން އެނގޭ ކަމަށެވެ.

ކޯޓުން އޭނާގެ ބަންދު އިތުރުކުރި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ހައްޔަރާއި ބަންދު ލޮގުގައި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ބަންދުކޮށްފައިވާތީ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ފަރާތެއް ކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލާގައި، އަހުސަންގެ އަތުން މަސްތުވާތަކެތީގެ ތެރޭގައި ތިން ބާވަތެއް ފެނިފައިވެއެވެ. އެއީ 3058 ގުރާމުގެ ހެރޮއިންނާއި، 215 ގްރާމުގެ ސިންތެޓިކް ކެތިނޯންގެ އިތުރުން 315 ގްރާމުގެ މެތަމެފެޓިން އެވެ.

މި މައްސަލައަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ