logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އެސްޓީއޯގެ ދަށަށް ބަދަލު ވުމުން ފެނަކައަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފެނަކައިގެ އެމްޑީ މުއާޒް ވިދާޅުވެއްޖެ

އެސްޓީއޯގެ ދަށަށް ފެނަކަ ބަދުލުވުމުން އެ ކުންފުންޏަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ ފަރާތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މުއާޒު ދެއްކެވި ވާހަކަފުޅުގައި ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުވުމުގެ މަސައްކަތް މިހާރު އޮތީ ޓްރާންސްސިޝަން މަރުޙަލާގައި ކަމަށާއި، އެކަން ނިމި އެސްޓީއޯގެ ސްބސިޑަރީއަކަށް ފެނަކަ ބަދަލުވުމުން ފެނަކަ އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ ކަމަށެވެ.

އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފެންވަރު ރަނގަޅުކުރުމަށްޓަކައި ފެނައިގެ ގަވަރނެނެސް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި، ފެނަކައިން އެއްމެ ބޮޑު ހޭދައެއް ކުރަނީ ތެޔޮގަތުމަށް ކަމަށްވާތީ އެސްޓީއޯގެ ދަށަށް ބަދަލުވުމުން އެކަމަށްވެސް ލުޔެއް ލިބިގެންދާނެކަމަށް މުއާޒް ވިދާޅުވިއެވެ.

މުއާޒު ވިދާޅުވިގޮތުގައި ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލެވޭނީ ޖެނުއަރީ މަހު ކަމަށެވެ. އެހެންކަމުން ޖެނެއަރީމަހުންފެށިގެން ފެނަކަ ހިނގަމުންދާނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *