ވާލުގެ އުދަގޫ ބޮޑުވެ، ވާ މެރުމަށް އަންނަ ބުރާސްފަތި ދުވަހު ފުވައްމުލަކު ސިތީގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް )އިން ބަޑިޖަހަން ނިންމައިފިއެވެ.
ފުވައްމުލަށް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގައި ވާ ގިނަވެ ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްއާއި އެމްއެންޑީއެފް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، އެހެން ކަމުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.
ވާލުގެ އުނދަގޫ ބޮޑުވުމުން ވާ މަދު ކުރުމަށް ބަޑިޖެހުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިންވެސްކޮށް އުޅޭ ކަމެކެވެ.