ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އެއާޕޯޓްގައި ކުއްތާ ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެގައި ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެއާޕޯޓްގައި ކުއްތާ ބޭނުންކުރަމުން އަންނަނީ، ފުލުހުންނާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ހިންގާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން ފުލުހުން ބުނީ، މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާ އިރު، ފުލުހުން ވަނީ އެއާޕޯޓްގައީ ކުއްތާ ބޭނުންކުރަމުންދާ ފޮޓޯތަކެއް އާއްމުކޮށްފައެވެ.
ދާދި ފަހުން ފުލުހުން ވަނީ އެކި ގައުމުތަކަށް މަސްތުވާތަކެތި ގެނގޮސް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ މެލޭޝިއާގެ ދެ މީހަކު ރާއްޖެ އައި ތަނުން ހައްޔަރުކޮށްފަ އެވެ.