logo minivan

English

ބުދަ, 18 ޑިސެމްބަރ 2024

ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މިވަގުތު އޮތީ ކޮންމެވެސް ކާރިސާއެއްގައިކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެ

ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މިވަގުތު އޮތީ ކޮންމެވެސް ކާރިސާއެއްގައި ކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ،މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ 79 ވަނަ އާންމު މަޖިލިސްގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއް ވެސް މިވަގުތު އޮތީ ކޮންމެވެސް ކާރިސާއެއްގައި ކަމަށާއި އޭގެ ތެރެއިން ގިނައީ އިންސާނުންގެ ސަބަބުން އުފެދިފައިވާ ކާރިސާތައް ކަމަށެވެ.

ރައީސްގެ ތަގުރީރުގައި ވިދާޅުވީ ހަމަނުޖެހުންތަކާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކާއި ފަގީރުކަމުގެ ސަބަބުން ގައުމުތަކުގެ މެދުގައި ހުރި ތަފާތު ގެ ސަބަބުން އިންސާނީ ދަރިފަސްކޮޅޮ އޮތީ ބޮޑު މައްސަލަ ތަކެއްގެ ތެރޭގައި ކަމަށާއި އެގޮތުން އެމަނިކުފާނު ވަނީ މައްސަލަތައް ހުރި ގައުމުތަކުގެ ާޓެއް އެ ތަގުރީރުގައި ދައްކަވާފައެވެ.

އިތުރައް އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ މައްސަލަތައް އިތުރުވަމުންދިޔަ ނަމަވެސް ދައްކަމުން ދަނީ އެއް ވާހަކަތަކެއް ކަމަށާއި ކިޔަމުންދަނީ އެއް ލަވައެއް ކަމަށެވެ. އެއާ ޚިލާފަށް ދުނިޔެއަށް ބޭނުން ވަނީ އެކަތިގަނޑެއްގެ ގޮތުގައި އދ. އިން މަސައްކަތްކުރާތަން ފެނުން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *