logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ހޯނޑެއްދޫ އިހްތިސާސްތެރޭގައި އޮންނަ ކަނޑެވައްރެހާ ގައި އިންޓަގްރޭޓެޑް ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި

ގދ. ކަނޑެވާރެހާގައި އިންޓަރ ގްރޭޓެޑް ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ގދ. ހޯނޑެއްދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އިދާރީ ދާއިރާތައް ކަނޑައެޅި ސިޓީތަކާއި އަތޮލޫތަކާއި ރަށުކައުންސިލްތަކުގެ އިޙްތިސާސް ކަޑައެޅި ގާނޫނީގޮތުން އެތަންތަނުގެ މައްޗަށް ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން ގދ. ހޯނޑެއްދޫ ކައުންސިލުން އެކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އޮންނަ ފަޅުރަށެއްކަމުގައިވާ ގދ.ކަނޑެވާރެހާގައި ރިހާގައި އިންޓަރގްރޭޑެޑް ޓޫރިޒަމް ތަރައްގީކުރާނެ ބަޔަކުހޯދުމަށް އިއްޔެ ގެޒެޓްގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެރަށުގައި އެރަށުގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރްއަގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެރަށް ދިގުމުއްދަތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ.

އިއުލާނު ގައި ވާގޮތުން 4.6 ހެކްޓަރުގެ އެރަށުގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްގީކޮށް ހިންގަން ބޭނުންވާ ރާއްޖެއާއި ބޭރުގެ ފަރާތްތަކަށް ބިޑު ހުށަހެލުމުގެ ފުރުސަތު އަންނަ ނޮވެންބަރު މަހުގެ 17 ވަނަދުވަހުގެ ނިއަލަށް ވަަނީ ހުޅުވާލާފައެވެެ. އަދި ޕްރީ ބިޑް މީޓިންގ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އޮންނާނެކަމަށްވެސް އެ އިއުލާނުގައި ވެއެވެެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *