logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

މެޑިކަލް ކޮލެޖަކާއި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ތުލުސްދޫ ކައުންސިލުން އިޢުލާނުކޮށްފި

ތުލުސްދޫގައި މެޑިކަލް ކޮލެޖަކާއި 100 އެނދުގެ ހޮސްޕިޓަލެއް އަޅައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާނުކޮށްްފިއެވެ.

އެރަށު ކައުންސިލުން މިދިޔަ ޖުލައިމަހުވެސް ވަނީ އެރަށުގައި މެޑިކަލް ކޮލެޖަކާއި 100 އެނދުގެ ހޮސްޕީތަލެއް އަޅައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްްފައެވެ. އިއްޔެ އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 4 ޖުލައި 2024 ގައި އެ ކައުންސިލުން ކޮސްފައިވާ އިއުލާނާގުޅިގެން އެއްވެސް ފަރާތެއް ހޮވިފައިނުވާތީ އަލުން އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ.

އެގޮތުން 25 ސެޕްޓެމްބަރ 2024 އިން 02 އޮކްޓޯބަރ 2024 (ބުދަ) ދުވަހުގެ ނިއަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 13:00އާ ދެމެދު އެ ރަށު ކައުންސިލްގެ އިދާރާއިން ބިޑް ފޮތް ލިބިވަޑައިގަންނަވާނެ ކަމަށާއި، ޕްރީ ބިޑާއި ބެހޭ މަޢުލޫމާތު ދިނުން އޮންނާނީ، 06 އޮކްޓޯބަރ 2024 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައިކަމަށެވެ. އަދި ބިޑް ހުށައެޅުން އޮންނާނީ، 13 އޮކްޓޯބަރ 2024 ވާ (އާދިއްތަ) ދުވަހުގެ 13:00 ގައިކަމަށެވެ.

އަދި ބިޑާ ގުޅޭ އެއްމެހާ މައުލޫމާތު ބިޑު ފޮތުގައި ހިމަނާފައިވާނެކަމަށާއި ބިދުފޮތެއް ވިއްކާ އަގަކީ -/2000 ރުފިޔާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *