logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ސިންގަޕޫރުގެ ހާރިޖީ ވަޒީރާ މުހިއްމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ހާރިޖީ ވަޒީރު، ޑޮކްޓަރ ވިވިއަން ބާލާކްރިޝްނާންއާ ބައްދަލުކުރައްވައިފި އެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއިން އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށާއި، ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ސިންގަޕޫރުގެ ހާރިޖީ ވަޒީރާ ޙިއްސާކުރައްވާފަ އެވެ. އަދި އާންމު ބޯހިޔާވަހިކަމުގައި ފަންނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރަސްމާލެއަކީ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކުރުމަކީ ގައުމުގެ އާބާދީގެ 50 އިންސައްތަ ހިއްސާކުރާ ޒުވާނުންނަށް ވަރަށް މުހިންމު ކަމެއް ކަމުގައި މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން ޕޭޕާލް ފަދަ އެކިއެކި ޕްލެޓްފޯމްތަކުގެ ބޭނުން ހިފާނެ ފުރުސަތު ދިވެހި ޒުވާނުންނަށް ލިބުމަކީ ޒުވާން ވިޔަފާރިވެރިންނަށް ބޭރު ދުނިޔޭގެ މާކެޓްތަކަށް ވަނުމަށާއި އެ ޒުވާނުންގެ އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އަދި ސިންގަޕޫރުގެ ހާރިޖީ ވަޒީރު، ޑރ. ބާލާކްރިޝްނާން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމަށް މުހިއްމު ކަންކަމުގައި ހާއްސަ ގޮތެއްގައި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އެއޯސިސް)އާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރުމަށްވެސް މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާ ލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ހާރިޖީ ވަޒީރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *