logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ހުޅުމާލޭގައި ގުދަން އިމާރާތެއް ހެދުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަނީ

ކުދި އަދި މެދުފަންތީގެ ވިޔާފާރި ކުރާ ފަރާތްތަކަށް މުދާ ގުދަންކުރެވޭނެ އިމާރާތެއް އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެއް ބުރިއަށްވުރެ ގިނަ ބުރިތަކަކަށް ހެދުމަށް ހަމަޖެހިފައިވާ ގުދަން އިމާރާތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއެކު ޖޮއިންޓް ވެންޗަރ ހަދައިގެންނާއި، ކޮންޓްރެކްޓަރ ފައިނޭންސް އަދި ލީސް މޮޑެލްއަށް އެ މަސައްކަތް ކުރުމަށް ހުށަހެޅިދާނެ ކަމަށް އެ ސެންޓަރުން ކޮސްފައިވާ އިއުލާނުގައި ވެއެވެ.

ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ވެއާހައުސް އިމާރާތް ފަރުމާކުރުމާއި، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން ޕްރޮޕޯސަލް ގައި ހިމަނައި ހުށަހެޅުމަށް އެ ސެންޓަރުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެއް ފަރާތައްވުރެ ގިނަ ފަރާތުން ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަސައްކަތް ޚަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ފައިނޭންސިންގ ކެޕޭސިޓީއާއި ތަޖުރިބާ އާއި ޓެކްނިކަލް ކަންކަމަށާއި އަދި ހުށަހަޅާފައިވާ ކޮންސެޕްޓަށް ބަލާނެކަމަށްވެސް އިއުލާނުގައި ވެއެވެ.

އެސެންޓަރުން ކޮށްފައިވާ އިޢުލާނާ އެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް ބޭނުންވާ މައުލޫމާތާއި ފޯމުތައް އެޓޭޗްކޮށްފައިވާނެކަމަށްވެސް އެ ސެންޓަރުގެ އިޢުލާނުގައި ވެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ޓަކައި ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން އެ ސެންޓަރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *