logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ބާރުގަދަ ލޭޒާ ހަތިޔާރާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ޖަޕާނަށް ފުރައިފި

ވައިގެ މަގުންނާއި ކަނޑުގެ މަގުން ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ ބާރުގަދަ ލޭޒާ ހަތިޔާރާއެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ޖަޕާނަށް ދިއުމަށްޓަކައި ފުރައިފިއެވެ.

އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިން ޝާއިއުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕެސިފިކް ސަރަޙައްދުގައި ސިފައިން ތިބުމަށް ހަމަޖެހިފައިވާ ޝެޑިއުލް ރޮޓޭޝަންގެ ދަށުން ޖަޕާނުގެ ޔޮކޮސުކާ ނޭވަލް ބޭސްއަށް ޕްރެބަލް ދަނީ އެ ސަރަޙައްދުގައި މިހާރު އޮތް ބެންފޯލްޑްގެ ބަދަލުގައި ކަމަށެވެ. އަދި އެ މަނަވަރުގެ އެއްމެ މުހިއްމު އެއް ބޭނުމަކީ ޗައިނާގެ ނުރައްކަލުން ޖަޕާނު ރައްކާތެރިކުރުން ކަމަށެވެ.

ޖަޕާނުގެ މާލީ މަޖައްލާ "ނިކްކީ އޭޝިއާ" އިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނަކާ ހަވާލާދީ ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރެބަލް އަކީ ހައި އެނާޖީ ލޭޒާ ވެޕަން ސިސްޓަމެއް އެކުލެވިގެންވާ މަނަވަރެއްކަމަށެވެ.  އެމަނަވަރުގައި ހަރުކޮށްފައިވާ ލޭޒާ ސިސްޓަމް ބޭނުންކޮށްގެން ޑްރޯންތަކާއި މިސައިލްތައް ވައްޓާލެވިދާނެ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެންމެ ޒަމާނީ ހަނގަުރާމަމަތީ އުޅަނދުތައް ބަހައްޓަމުން އަންނައިރު ޗައިނާއިން ދަނީ އެމެރިކާއަށް ގޮންޖަހައި އެގައުމުގެ ކަނޑުގެ ފްލީޓާއި އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ.

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ޗައިނާ އިން ވަނީ 2027 ވަނަ އަހަރުގެ ކުރިން ހަނގުރާމައަށް ތައްޔާރަށް ތިބުމަށް އެގައުމުގެ ސިފައިންނަށް އަންގާފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *