logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ދުނިޔެ ސަލާމަތްކުރުމަށް ދެމެހެއްޓެނިވި ގޮތްތައް ދަތުރުފަތުރު އަދި ފަތުރުވެރިކަމުގައި އިޚްތިޔާރު ކުރަން ޖެހޭ: އަދީބު

ދުނިޔެ ސަލާމަތްކުރުމަށް ދެމެހެއްޓެނިވި ގޮތްތައް ދަތުރުފަތުރު އަދި ފަތުރުވެރިކަމުގައި އިޚްތިޔާރު ކުރަން ޖެހޭކަމަށް ކުރީގެ ނައިބްރައިސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތު މިހާރު ވަނީ ހަތަރު މަގު ބައްދަލުވާ ހިސާބެއްގައި ކަމަށެވެ. މިކަން އޭނާ ފާހަގަކުރައްވާފައިވަނީ އިކޮނޮމިކް ޓައިމްސްގެ ދަތުރުފަތުރާ ބެހޭ ބްލޮގް، ޓްރެވެލްވޯލްޑްގައި ފަތުރުވެރިކަމުގެ ދުވަހު ޝާއިޢުކުރެއްވި ލިޔުމެއްގައެވެ.

އަދީބު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިޖްތިމާއީ ގޮތުން ކުރާ އަސަރުތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، ބަހުސްކުރެވެމުންދާ މައުޟޫއެކެވެ. އާންމު ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވާފައިވާ ގޮތުން ޤުދުރަތީ ވަސީލަތްތަކަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ތަންތަނުގައި ހުންނަ ޤުދުރަތީ ވެށި އާއި ދިރޭތަކެތީގެ މާހައުލުތަކަށް އެކަށީގެންނުވާ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އަދީބު ފާހަގަކުރެއްވިއެވެ. މިގޮތުން ސްނޯކަލިންގ އާއި ބޯޓު ދުއްވުން ފަދަ ހަރަކާތްތަކުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރެއްވިއެވެ.

އަދީބުގެ މި ލިޔުމުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކޮށް، މުސްތަޤުބަލުގައި ދަތުރުފަތުރުގެ ދާއިރާ ބައްޓަންކުރަންވީ ގޮތްތަކާ މެދު ވިސްނުން ހުޅުވާލުމަށް ގޮވާލައްވާފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *