logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ޝަޙްސު އޮޅުވާލައިގެން މިއަހަރު 3 މީހަކު ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 3 ބިދޭސީއަކު މިއަހަރު ހިފަހައްޓާފައިކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެކަން ހާމަކޮށް އިމިގްރޭޝަންގެ އެކްސް އެކައުންޓުން ކޮށްފައިވާ ފޯސްޓުގައި ބުނެފައިވަނީ  ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން މީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެ ޕޯސްޓަގައި ވަނީ 3 މީހުން ހިމެނޭ ފޮޓޯއެއްވެސް އާއްމުކޮސްފައެވެ. އަދި އެ ފޮޓޯގައި އެ މީހުންގެ އުމުރާއި ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވާ ތާރީހު ވަނީ ހިމަނާފައެވެ.

އެގޮތުން ފުރަތަމަ މީހާ ރާއްޖެ އެރެވާން މަސައްކަތްކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހު އެވެ. 2 ވަނަ މީހާ ރާއްޖެ އެތެރެވާން މަސައްކަތްކޮށފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި 3 ވަމަ މީހާ ރާއްޖެ އެތެރެވާން މަސައްކަތްކޮށްފައިވަނީ މިއަހަރުގެ އޯގަސްޓްމަހުގެ 18 ވަނަ ދުވަހުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *