ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ މީހުން ދަފުތަރުކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ފަށައިފިއެވެ.
އެގޮތުން އެސެންޓަރުންވަނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމަށްޓަކައި އަމަލުކުރާނެ ގޮތުގެ އުސޫލެއްވެސް އެކުލަވާލާފައެވެ. އެ އުސޫލާ އެއްގޮތައް މިއަދުން ފެށިގެން ރަޖިސްޓްރީ ވުމުގެ ކަންކަން އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ކުރިއަށް ގެނެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް އެސެންޓަރުން ބުނެފައޮވެއެވެ. އަދި އެ ސެންޓަރުގެ ވެބްސައިޓުގައިވެސް ޕޯޓަލްގެ ލިންކު ހިއްސާ ކޮސްފައިވާނެކަމަށް ވަނީ ބުނެފައެވެ.
އިތުރަށް އެސެންޓަރުން ބުނެފައިވަނީ އެސެންޓަރުގައި ރަޖިސްޓްރީ ވުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މާލޭގައި ހުންނަ އެސެންޓަރުގެ މައި އޮފީހާއި އަތޮތެރޭގައި އެސެންޓަރުގެ އޮފީސްތައް ގާއިމްކޮށްފައިވާ ރަށްރަށުގެ ސެންޓަރުތަކުން ރަސްމީ ގަޑީގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާނެކަމަށެވެ.