ޓޫރިޒަމް ޑިވެލޮޕްމަންޓް ފަންޑާ ގުޅޭގޮތުން 2 ބޭންކަކާ މަޝްވަރާކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
“ފުވައްމުލައް ޓޫރިޒަމް އެވޯޑު 2024” ގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސްލް ވިދާޅުވީ ޓޫރިޒަމް ޑިވެލޮޕްމެންޓް ފަންޑުގެ މަސައްކަތް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއޮ މޯލްޑިވްސް އިސްލާމިކް ބޭންކް އާއެކު މަޝްވަރާ ކުރަށްވާ ކުރަމުންދާކަމަށާއި، ޓޫރިޒަމް ދާއިރާ އެންމެބޮޑަށް ތަރައްގީވަމުން އަންނަ ތަންތަނަށް އެންމެ ބޮޑަށް ދިމާވާދަތި ކަމަކީ ފަތުރުވެރިކަމުގެ ދާއިރާއައް އަލަށް ވަންނަން ބޭނުންވާ މީހުންނަށް ފަންޑު ލިބުމުގައި ހުރިދަތިތަށް ކަމަށާއި އެގޮތުން ރާއްޖޭގެ ބޭންކުތަކުގައި މިހާރުހުރި އިންޓްރެސްޓް ރޭޓްތަކަށް ބަލާއިރު ވަރަށްބޮޑު ގޮންޖެހުންތަކެއް އެކަމުގެ ސަބަބުން ކުރިމަތިވާކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ބޭންކުތަކުގެ އިތުރުން ވޯލްޑް ބޭންކާއެކުވެސް އެ މަޝްވަރާތައް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އެރަސްމިއްޔާތުގައި މިނިސްޓަރ ފައިސަލް ވަނީ ލޯކަލް ޓޫރިޒަމްއައް ހާއްސަ ކޮށްގެން ކުރިޔަށް އޮތްތަނުގައި ޓޫރިޒަމް މިނިސްޓްރީގައި ވަކި ޑިޕާޓުމެންޓެއް ގާއިމްކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.