logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ފިޝަރީޒްގެ ޓީމެއް ދެއްވަދޫއިން ބޭރުކޮށްލައިފި

ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށުން ބޭރުކޮށްލައިފި އެވެ.

ދެއްވަދޫއިން މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ މަސް ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭން ދިޔަ ފިޝަރީޒް މިނިސްޓްރީގެ ހަ މީހުން ހިމެނޭ ޓީމު ރަށުން ބޭރުކޮށްލީ މަސްވެރިން ނުކުމެ ކަމަށެވެ.

"އަހަރުމެން މެންދުރު ނަމާދަށް ތިއްބާ ވަގަށް އެ ޓީމުން އެރީ. އެކަމަކު މަސްވެރިން ނުކުމެ އެމީހުން ބޭރުކޮށްލައިފި. މިހާރު ގޮސްފި،" އޭނާ ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި މަސްވެރިޔާ ބުނީ މަސްވެރިންގެ މައްސަލައަކީ މިފްކޯއަށް ވިއްކި މަހަށް ފައިސާ ނުލިބުމެވެ. މަސް ގަތުމަށްފަހު ގިނަވެގެން ދެ ހަފުތާގެ ތެރޭގައި އިސާ ދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

"ބާނާފައި ހުރި މަހަށް ފައިސާއެއް ނުލިބޭ. އަހަރުމެންނަށް އެބައިން ފަސް ބިލަށްވާ ފައިސާ ނުލިބި. އެއީ ގާތްގަނޑަށް އެންމެ ދޮޅު ލައްކަ ރުފިޔާ،" އޭނާ ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމު އިއްޔެ ވެސް ދެއްވަދޫއަށް އަރަން މަސައްކަތް ކުރި އެވެ. ނަމަވެސް މަސްވެރިން ބަނދަރުމައްޗަށް ނުކުމެ، ވަނީ އެމީހުން ހުއްޓުވައިފަ އެވެ. ހަމަ އެ ޓީމުން ގއ. ދާންދޫއަށް ވެސް އަރަން ބުރާސްފަތި ދުވަހު މަސައްކަތް ކުރި އެވެ. އެކަމަކު ދާންދޫއަށް ވެސް އެރިޔަ ނުދީ، މަސްވެރިން ވަނީ އެ ޓީމު ރަށުން ބޭރުކޮށްލައިފަ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *