logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަސްވެރިން ބިކަވީ ސަރުކާރުގެ ބަހާ އަމަލު ދިމާނުވުމުން: މެންބަރު އައްބާސް

ރާއްޖޭގެ މަސްވެރިން ބިކަވެ ދަރަނިވެރިވީ ސަރުކާރުގެ ބަހާ އަމަލާ ދިމާނުވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫދާއިރާގެ މެންބަރ މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މެންބަރު މިޙައްމަދު އައްބާސް އެހެން ވިދާޅުވެފައިވަނީ ފީޝަރީޒް މިނިސްޓްރީގެ ޓީމެއް ގއ.ގެ ރަށަކަށް އެރުމުން އެރަށުގެ މަސްވެރިން ނިކުމެ އެމީހުން ރަށުންބާލާ ވީޑިއޯއަކާއެކު އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ.

މެންބަރު އައްބާސްގެ ޕޯސްޓްގައި ބުނެފައިވަނި ރާއްޖޭގެ މަސްވެރިންގެ ހާލަތު މިހާ ހިސާބައް މިދިޔައީ ފާއިތުވަމުން މިދާ އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާ އަމަލު ދިމާނުވުމުގެ ސަބަބުން ކަމަށާއި، މަސްވެރިންގެ އަތްމަތިދަތިވެ، ދަރަނިވެރިވެ އެބައިމީހުންގެ އާއިލާތައް މަގުމަތިވާހިސާބައް ދިޔައީމަ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ