ސްޕެނިސް ލީގުގެ މިފަހަރުގެ ސީޒަންގައި އެއްވެސް މެޗަކުން ބަލިނުވެ ބާސިލޯނާއިން ދަމަހައްޓަމުން އައިރެކޯޑް އޮސަސުނާއިން ނިމުމަކަށް ގެނެސްފިއެވެ.
ބާސިލޯނާއާއި އޮސަސޫނާ ބައްދަލުކުރިމެޗު 4-2 ގެ ނަތީޖާއަކުން އޮސަސޫނާ ވަނީ ކާމިޔާބުކޮށް މި ސީޡަންގައި ފުރަތަމަ ބަލި ބާސިލޯނާ ކޮށްފައެވެ.
ލީގުގެ 8 މެޗް ކުޅުނުއިރު އެއްވެސް މެޗަކުން ބަލިނުވެ ބާސިލޯނާ ދަމަހައްޓަމުން އައި ރެކޯޑާއެކު އެޓީމު އޮތީ 21 ޕޮއިންޓާއެކު ލީގުގެ 1 ވަނާގައެވެ.2 ވަނާގައި އޮތް ރެއާލްމެޑްރިޑަށް ލިބިފައިވަނީ 17 ޕޮއިނޓެވެ.
ބާސިލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗްގައި އޮސަސޫނާއިން ވަނީ މެޗްގެ 18 ވަނަ މިނެޓާއި 28 ވަނަ މިނެޓްގައި ގޯލްޖަހައި ބޮޑު ލީޑެއް ނަގާފައެވެ. ފުރަތަމަ ހާފު ނިންމާލީ 2 ގޯލްގެ ލީޑަކާއެކުނަމަވެސް 2 ވަނަ ހާފު ފެށުމާއެކު 53 ވަނަ މިނެޓްގައި ބާސިލޯނާއިން ވަނީ ގޯލެއް ޖަހައިފައެވެ. އޭގެ ފަހުން މެޗްގެ 72 ވަނަ މިނެޓްގައި އޮސަސޫނާގެ 3 ވަނަ ގޯލް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އަދި އޭގެ 10 މިނެޓް ފަހުން އެ ޓީމުގެ 4 ވަނަ ގޯލް 84 ވަނަ މިނެޓް ގައި ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފައިވަނީކޮށް މެޗްގެ 89 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި ބާސިލޯނާގެ ޔަމާލް އެ ތީމުގެ 2 ވަނަ ލަނޑު ކާމިޔާބު ކުރިއެވެ.