logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ހިޒްބުﷲ ގެ ލީޑަރު އަވާހަރަކޮށްލާފިކަން އެ ޖަމާއަތުންވެސް ކަށަވަރުކޮށްދީފި

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަވަހާރަކޮށްލާފައިވާކަން އެ ޖަމާއަތުންވެސް ކަށަވަރުކޮށްދީފިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ލުބްނާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއތުގެ ލީޑަރ ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައިވާކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނިކޮށް އިޒްބުﷲ އިންވެސް މިހާރު އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އެކަން ހާމަކޮށް އެޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  އިސްރާއީލުން ލުބްނާނަށް ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރަﷲ ވަނީ ޝަހީދުވެފައި ކަމަށެވެ.

އިޒްރޭލުން ލުބްނާނަށް ފާއިތުވެދިޔަ ހަފްތާއެއް ތެރޭގައި ދިން ހަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން ލުބްނާނުގެ ވެރިރަށް ބެއިރޫތު ދޫކޮށް ބައެއް މީހުން ދަނީ އެހެން ސަރަހައްދުތަކަށް ބަދަލުވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *