logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ވިލިނގިލި، ޒޫމް، މުހައްމަދު ތަގިއްޔު (25 އ) އާއި، ވިލިނގިލި، އެތެންސް، މުހައްމަދު އަތޫފް ހަބީބް (24 އ)ގެ އިތުރުން ގދ. ގައްދޫ، ވިލަސް، މުހައްމަދު ޒަހުވާން (23 އ) އެވެ.

ފުލުހުން އިއްޔެ ވިލިނގިލީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ތިން މީހުން ހައްޔަރު ކުރުމަށްފަހު އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެ އެވެ. އަދި އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމެއް ހޯދާފައިވެ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަސް ތަގިއްޔުއާއި ޒަހުވާންގެ ބަންދަށް ވަނީ 10 ދުވަސް ދީފަ އެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *