މާލެ އުސްފަސްގަނޑާ ދިމާލު މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، މާލެ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މީހަކު މަރުވެފަ އޮތް ކަމުގެ ރިޕޯޓު 17:06 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ބެލިބެލިމުން މަރުވެފައި އޮއްވާ ފެނިފައި ވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެމީހާ މިހާރުވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލުމާތު ދީފައިވާކަމަށެވެ.