ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ މުވައްޒަފެއް ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ޒަހަމްތަކަކާ އެކު އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުގައި އެމީހާ އަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއްކަމަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެެވެ.