logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ހުރިހާ ކުދިން ބައިވެރިވާ ތައުލީމީ ނިޒާމެއް މުހިއްމު: މެޑަމް ސާޖިދާ

ހުރިހާ ކުދިން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުމަށް، ތަޢުލީމީ ނިޒާމުގައި ފަންނީއްޔާތު ބޭނުން ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ޓީޗަރުންގެ ބައިނަލްއަޤްވާމީ 7 ވަނަ މާހީސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓީޗަރުންގެ ދުޅަހެޔޮ ކަމަށް އިސްކަން ދޭންޖެހޭ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސައްކަތުގެ ވަގުތުކުޑަކޮށް އިދާރީ ގޮތުން ޓީޗަރުން ކުރަންޖެހޭ މަސައްކަތް ކުޑަކުރުމުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *