logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ހަންކެޑެ ހިންގަން ދުބާއީ ކުންފުންޏަކާއެކު ސޮއިކޮށްފި

އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރާ އައްޑޫ ހަންކެޑެ ހިންގަން ޔޫއޭޭއީގެ ހޮސްޕިޓާލީ ކުންފުންޏަކާ އެކު އެ މަޝްރޫއު ހިންގާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ން ސޮއިކޮށްފި އެވެ.

އެމްއެފްއެމްސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަންކެޑެ ހިންގަން ސޮއިކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ޓައިމް ހޮޓަލްސްއާ އެކު ކަމަށެވެ. އެގޮތުން:

  • އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ކުރިއަށްދާ ހޮސްޕިޓާލިޓީ ދާއިރާގެ އިންވެސްޓަރުންނަށް ހާއްސަ ފިއުޗާ ހޮސްޕިޓޭލިޓީ ސަމިޓުގެ ތެރޭގައި
  • އެމްއެފްއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާޒިމް
     ޓައިމް ހޮޓަލްސްއިން ޔޫއޭއީގެ އިތުރަށް މިސްރާއި ގަތަރު ސައުދީ އަރަބިއްޔާ އަދި ލައިބީރިއާގައި ވެސް ހޮޓާ ހިންގަ އެވެ. އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެ އެވެ. 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *