logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ބޭރު ފައިސާގެ ގަވައިދާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން އެމްއެމްއޭގެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި

އިއްޔެ އަމަލުކުރަން ފެށި ބޭރު ފައިސާގެ ގަވައިދާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން އެމްއެމްއޭގެ ޕޯޓަލްގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށި "މަނީ ޗޭންޖިންގެ އާ ވިޔަފާރިއާ ބެހޭ ގަވައިދު"ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން ރާއްޖޭގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރަން ވާނީ އެމްއެމްއޭގެ ގާނޫނުގެ ދަށުން އެ ވިޔަފާރިކުރުމަށް ދޫކުރާ ޓިއާ 1 މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ލައިސަންސް ލިިބިގެން ކަމަށެވެ.

އެމްއެމްއޭއިން މިރޭ ނެރުނު ނޫސް ބަޔާނުަގައި ބުނީ ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުނ،ް މި މަސް ނިމުމުގެ ކުރިން އެ އޮތޯރިޓީން ރިޕޯޓިން ރިކުއަމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް އެ އޮތޯރިޓީގައި ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށެވެ.

އަދި އެ ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ރަޖިސްޓްރީކުރާ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުނ،ް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *