މިފްކޯގެ "ރަސްއަިން" ބްރޭންޑުގެ ތެރޭގައި ހިމެނޭ ހެދިކާގެ ބާވަތްތައް ހަދައި ސަޕްލައިކޮސްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ކުންފުނި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުން "ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ (އަގުއެއް ކުރެވިފައިވާ) ދިވެހި ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.
މިފްކޯއަށް ހެދިކާ ސްޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑާއި، ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްޞީލާއި، ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ސަޕްލައިކޮށްދޭން ހުށަހަޅާ ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަަޅަންވާނެ ކަމަށްވެސް ބަޔާންކޮފައިވެއެވެ.
ޕްރޮޕޯޗަލް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރ 7 ވަނަ ދުވަހުގެ 14:00 އެވެ. އަދި އެކަމާ ގުޅޭގޮތު އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭންުންވާ ފަރާތްތަކަށް އެކުންފުނީގެ ނަންބަރ 3323932 ފޯނަށް ގުޅުއްވުމުން މައުލޫމާތު ސާފުކުރެވޭނެކަމަށްވެސް އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.