logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓްލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ، މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް މާދަމާ ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ ހެނދުނު 06:00 އިން 06:30 އަދި 09:45: 10:15 އާ ދެމެދު މާލޭގެ މައްޗަންގޮޅި، ގަލޮޅު އަދި މާފަންނުން ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، މި މަސައްކަތަކީ ކަރަންޓުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށާއި، އެހެން ކަމުން ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދޭ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *