logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ފިނި މޫސުމަށް ވެލާނާ އެއާޕޯޓް ތައްޔާރުވާން ފަށައިފި

މިއަހަރުގެ ފިނި މޫސުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވުމުގެ ގޮތުން އެ އެއާޕޯޓް ގެ އޮޕަރޭޝަންސް ޑިވިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފައިވަނީ އެ ބައްދަލުވުމިގެ މަޤްސަދަކީ ކުރިއަށް އޮތް ފިނި މޫސުމުގައި ފެށޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައި އެއާޕޯޓްގައި ދިމާވާ ގޮންޖެހުންތަކައި ގުޅޭގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމު ކުރުން ކަމަށެވެ.

ވިންޓަރ ރެޑިނަސް ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ މިއަހަރުގެ ފިނި މޫސުމުގައި އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ތަޢާރަފުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި، އެ އައު ބެގޭޖު ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް އަވަސްވެ، ފަސިންޖަރުންނަށް ދެމުންގެންދާ ޙިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށެވެ.

އޭގެ އިތުރަށް މިހާރު ބޭނުންކުރާ ޓާމިނަލްގެ ތަނަވަސްކަން އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

ޔޫރަޕްގެ ފިނި މޫސުމަކީ ދިވެހިރާއްޖެއަށް އެއްމެ ގިނައިން ޔޫރަފް ގެ ފަތުރުވެރިން ޒިޔާރަތްކުރާ މޫސުމަށްވާތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައިސީޒަނަކީ ޔޫރަޕްގެ ފިނި މޫސުމަށް ވަނީ ވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *