logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ޔާމީން އެހަދަނީ ދޮގު، މާލޭގައި އަޅުގަނޑުގެ ގޯއްޗެއް ނޯންނާނެ: ފައިސަލް

މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް ދޮގު ކުރައްވައިފަ އެވެ.

މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ދެކެވޭ ވާހަކަތައް ފައިސަލް ދޮގުކުރެއްވީ، ކުރީގެ ރައީސް އަދި ކޮރަޕްޝަންގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒްކުރެއްވި އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވެފައިވަނީ “އަބުދުއްރަހީމްގެ (ދަރިފުޅު) ފައިސަލް ވެސް މިހާރު ވަނީ މާލެ އިން ބިން ގަނެފަ” އެވެ. ނަމަވެސް މި ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ނުވަތަ ތަފްސީލެއް ޔާމީން ހިއްސާކުރައްވާފައެއް ނުވެ އެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވައި ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއިން ބިމެއް ބައްލަވައިގަތްކަމަށް ބުނެ ކުރީގެ ރައީސް ޔާމީން ދައްކަމުން ގެންދާ ވާހަކައަކީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް ކަމަށެވެ.

ފައިސަލް ވަނީ އެ ފަދަ ދޮގުވާހަކަތައް ދެއްކުން ހުއްޓާލެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ބާއްވަވަމުން އަންނަ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވނީ ސަރުކާރާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި ގުޅުވައި އަސްލު ނޫން ވާހަކަތަކަކާއި، ގިނަ ތުހުމަތުތަކެއް ކުރައްވަމުންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުންވެސް އެމަނިކުފާނު ގެންދަވަނީ އަސްލެއް ނެތް ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *