logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ރާއްޖޭގެ ވެރިޔަކު ކެމްޕޭން ވަޢުދަކާ މިހާފާޅުގައި ޚިލާފްވި މީ ފުރަތަމަ ފަހަރު، އަދި މި ސަރުކާރު ވަނީ އިންޑިޔާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެފަ: އުމަރު

ރާއްޖޭގެ މި ސަރުކާރު އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ފޭސްބުކު ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ ފަހުގެ ތާރީޙެއްގައި ރާއްޖޭގެ ވެރިޔަކު ކެމްޕޭން ވަޢުދަކާ މިހާފާޅުގައި ޚިލާފްވި ފުރަތަމަ ފަހަރު ކަމަށާއި، އެމް،ޑީ،ޕީ ގެ ވެރިކަމާ ޕީ،އެން،ސީ ގެ ވެރިކަމުގައި އެއްވެސް ތަފާތެއްނެތް ކަމަށެވެ.

އަދި އިތުރަށް އެ ޕޯސްޓްގައި ބުނެގައިވަނީ މި ސަރުކާރު ވަނީ އިންޑިޔާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ބަދަލުވެ، އިންޑިއާއިން ބުނި ހުރިހާ ކަމަކަށް އެއްބަސްވެފަކަމަށެވެ.

އުމަރު ދަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބިކަމަށް ބުނެ، އެކަމާ ދެކޮޅަށް ވަކާލާތުކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *