logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ތޫފާން މިލްޓަންގެ ބާރުގަދަވެ އެމެރިކާގެ ފްލޮރިޑާއިން 15 މިލިއަން މީހުން އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފި

ތޫފާން މިލްޓަންގެ  ބާރުގަދަވެ އެމެރިކާގައި ހިންގަންޖެހުނު އެއްމެ ބޮޑު އިވެކްއޭޝަނަށް ތައްޔާރުވުމަށް ފްލޮރިޑާގެ ރައްޔިތުންނަށް އިލްތިމާސްކޮސްފިއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނެފައިވަނީ ތޫފާން މިލްޓަން ކެޓަގަރީ 5 ގެ ތޫފާނަކަށް ބަދަލުވުމާ ގުޅިގެން މިދިޔަ 10 ވަރަކަށް އަހަރު ތެރޭ އެންމެ ބޮޑު އިވެކުއޭޝަން ޑްރައިވް ފްލޮރިޑާ ގައި ކުރިއަށް ގެންދަންޖެހިފައިވާކަމަށެވެ. އެގޮތުން ތޫފާން މިލްޓަން ޢާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ފްޮރިޑާގެ 15 މިލިއަނަށް ވުރެ ގިނަ މީހުން، އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

2017 ވަނަ އަހަރުގެ ފްލޮރިޑާއަށް އެރި ތޫފާން އިރްމާ އާއި ގުޅިގެންވެސް ފްލޮރިޑާގެ 7 މިލިއަނަށްވުރެ ގިނަ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގާފައިވެއެވެ.

ގަލްފް އޮފް މެކްސިކޯގެ ސަރަޙައްދުގައި އުފެދިޮފައިވާ ތޫފާނުގެ ވައިގެ ބާރުމިން އެވްރެޖް ގޮތެއްގައި 150 މޭލު ބާރުމިން ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ބުދަ ދުވަހު ޓެމްޕާ ބޭ ސަރަހައްދަށް އެ ތޫފާން އަރާނެ ކަމަށާއި، މެދުތެރޭ ފްލޮރިޑާ ހުރަސްކޮށް އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ދަތުރުކުރާއިރުވެސް ތޫފާނެއްގެ ގޮތުގައި ތޫފާން މިލްޓަން ގެ ބާރުމިން ދެމިއޮންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ތޫފާން މިލްޓަން އަކީ ދާދި ފަހުން ފްލޮރިޑާގެ އުތުރުން އެޕަލަޗިއަން ފަރުބަދަތަށް ހިމެނޭ ސަރަހައްދަށް އެރި ތޫފާން ހެލީންގެ ސަބަބުން 230 މީހުން މަރުވި ތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް ފްލޮރިޑާއަށް އަރާ އާދަޔާ ހިލާފު ބާރުގަދަ ތޫފާނެއްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑެސަންޓިސް ވަނީ ތޫފާން ހެލެންއާ އަޅާބަލާއިރު ތޫފާން މިލްޓަން ގެ ބާރުގަދަވެ އެ ސްޓޭޓުން ކަރަންޓު ކެނޑިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *