ރާއްޖޭގެ ސިއްޙީ ނިޒާމުގެ ފެންވަރު ރަނގަޅުކުރަން އެހީތެރިވެދިނުމާ ގުޅޭގޮތުން ރައީސް ޑރ.މުޙައްމަދު މުއިއްޒު އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، އަދި މިނިސްޓަރ އޮފް ކެމިކަލްސް އެންޑް ފަރޓިލައިޒަރސް ޖޭ. ޕީ ނައްޑާ އާއެކު މަޝްވަރާ ކުރައްވައިފި އެވެ.
އިންޑިއާގެ ރައީސް ގެ ދައުވަތަކަށް ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ، އަދި މިނިސްޓަރ އޮފް ކެމިކަލްސް އެންޑް ފަރޓިލައިޒަރސް ޖޭ. ޕީ ނައްޑާ އާއިއެކު ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެސިއްޙީ ނިޒާމުގެ ފެންވަރު ރަނގަޅުކޮށް އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ސިއްހީ ނިޒާމުޑިޖިޓަލައިޒްކުރުމުގައި އިންޑިއާއިން ވެދެވިދާނެ އެހީތެރިކަމަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ ހެތް މިނިސްޓަރ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުން ފެނިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.