logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި

އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކޮޮށްދޭން އޮތީ ތައްޔާރަށް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރި އެވެ.

ނަމަވެސް މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.

އޭގެ ފަހުން މިއަދު އިސްލާމިކް މިނިސްޓްރީން 'އެކްސް' ގައި ބުނީ އެ ފެންގަނޑު ސްޓެލްކޯގެ އެހީގައި މަރާމާތުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސްޓެލްކޯގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އޭގެ ފަހުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ 'އެކްސް’ގައި ވިދާޅުވީ ސަގާފީ އަދި ދީނީ ތަރިކައެއް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް މަސައްކަތް ކޮށްދިނުމަކީ ފަހުރެއް ކަމަށެވެ.

އެހެންކަމުން އެތަނުގެ ރީތިކަން ދެމެހެއްޓުމަށް އެތަން މަރާމާތުކުމަށް އިސްލާމިކް މިނިސްޓްރީއާއެކު ގުޅިގެން މަސައްކަތް ކުރަން އޮތީ ތައްޔާރަށް ކަމަށެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *