logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭގެ ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ދިލްބަހާރު މަގުގައި ހުރި ފިހާރައެއް ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާ ވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި،  އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ހަމަ އެރޭ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. މަސްފަނު، އުމުރުން 37 އަހަރުގެ މުނާޒް އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ  މިދިއަ އާދިއްތަ ދުވަހު ކަމަށެވެ.

އޭނާގެ ބަންދާމެދެ ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ