އޭރު ކީހާ ޅެން ފަރިއްސައްވެ ދެއްކި ހުރިހާ ވާހަކަތަކެއް އެނެއްކޮޅަށް ޖެހިއްޖެހިއްޖެ ކަމަށާއި، ކަނޑުވިއްކާލި މައްސަލަ މިހާރު ނުބަލަނީ ކީއްވެހޭ އެމްޑީޕީން އެބައަހާ ކަމަށް ރައީސް ޔާމީން ވިދާޅުވެއެއްޖެއެވެ.
ރޭ ރައީސް ޔާމިން އިސްކޮށް ހުންނަވާ ޕީއެންއެފް ގެ ފްރޮންޓް އޮފީސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭރު ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިންނާ މެމްބަރުން ނިކުމެ ދައްކަވަމުންގެންދެވި ވާހަކަތައް މިއަދު މުޅިން އަނެއް ކޮޅަށް ޖެހިއްޖެ ކަމަށާއި، އިންޑިއާ މިލިޓަރީ އާއި ޔޫޓީއެފް އާއި ޗާގޯސް ގެ ވާހަކަ ސަރުކާރުގެ ވެރިން މިއަދު ދައްކަވަން ބޭނުންނުވާ ކަމަށެވެ.
އެމަނިކު ފާނުގެ ވާހަކަފުޅުގައި ވިދާޅުވީ އޭރު އިދިކޮޅުގަ ތިބެގެން ޕީޕީއެމް އާއި ޕީއެންސީ ގެ ވެރިން އޭރުގެ ސަރުކާރަށް ކުރި ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް ރައިތުން އިތުބާރުކުރި ކަމަށާއި މިއަދު ސަރުކާރަށް އާދެވުމުން އެ ރައްޔިތުން ކުރި އިތުބާރު ޔަގީނަށް ބަދަލުކޮށްދިނުމަށްޓަކައި އިންޑިއާ އެކު އޭރުގެ ސަރުކާރުން ހިންގާފައިވާ މުއާމަލާތްތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ނަމަވެސް އެކަން ކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން މިއަދުވަނީ އިހުނަށްވުރެ ބޮޑަށް އިންޑިއާގެ އުނގުތެރެއަށް ވެއްޓިފައި ކަމަށާއި މިސަރުކާރު މިހާރު އިންޑިއާގެ ގޮނޑިފުޅު ކޮށްކޮ ސަރުކާރަކަށް ވެއްޖެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނުވެސް އަދި އެމަނިކުފާނާއެކު ތިއްބެވި ބޭފުޅުން ވެސް އިންޑިއާ އާއިއެކު ގާތްގުޅުމެއް ދިވެހި ރާއްޖެއިން ބާއްވަން ބޭނުންވާ ކަމަށާއި ނަމަވެސް ދަމާލި ރަތް ރޮނގު އަމިއްލަފުޅަށް ހުރަސް ކުރުމުން ރައްޔިތުން މިއަދު އެތިބީ އޭރު ދެއްކެވި ވާހަކަތަކަކީ އިޙްލާސްތެރިކަމެއް ނެތި ދެއްކެވި ވާހަކަތަކެއް ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އެހެންކަމުން މިއަދު އެމްޑީޕީއަށް އެ އޮތީ މިސަރުކަރާ ދެކޮޅަށް ހަތިޔާރު ނެގުމުގެ ފުރުސަތު ލިބިފައި ކަމަށާއި، އަދިވެސް ރައީސް މުއިއްޒު އެގެންދަވަނީ އެމަނިކުފާނަކީ ބަހާ އަމަލާ ދިމާނުވާ ބޭފުޅެއްކަން އަމިއްލަފުޅަށް ސާބިތުކޮށްދެއްވަމުން ކަމަށެވެ.
އެމެރުމުން ރައީސް ޔާމިންގެ ވާހަކަ ކުރިއަށްގެންދަވުމުން ވިދަޅުވީ ރައީސް ޑރ.މުއިއްޒު އަކީ 2 މޫނުގެ ވެރިޔަކަށް ވެފައިވާ މީހެއް ކަމަށާއި، ދޮގު ނުހެއްދެވުމަށް ރައްޔިތުންނަށް ރީތި ބަހުރަވައިން ނަސޭހަތްތެރިވަމުން އަމިއްލަ ފުޅަށް އެއާ މުޅިން އިދިކޮޅަށް އަމަލުތައް ބަހައްޓަވާ ބޭފުޅެއް ކަމަށެވެ.
އަދިވެސް އިތުރަށް ވިދާޅުވީ އިދިކޮޅުގައި ތިބެ އޭރުގެ ސަރުކާރަށް އަމާޒުކޮސް ފޮނުވާލި ހުރިހާ ތީރުތަކެއް އެވާހަކަށް ދެއްކެވި ޕީޕީއެމް ޕީއެންސީގެ މެންބަރުންގެ ގަޔަށް އައިސް ހެރިއްޖެ ކަމަށާއި، މަސްވެރިންނަށް އޯގާވެރިވާނަމޭ ކިޔައިފަ އައިސް ކުރިކަމަކީ މަސްވެރިން ވެސް ބިކަކޮށްލާފި ކަމަށެވެ.