logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދިން މީހާ ހައްޔަރު ކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މީސްމީޑިއާ މެދުވެރިކޮށް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން މީހާ ހައްޔަރު ކޮށްފިއެވެ.

މި މައްސަލަގައި ހައްޔަރު ކޮށްފައިވަނީ، ގ. ސަންސަންގެއާގެ، އުމުރުން 40 އަހަރުގެ އަބްދުﷲ މިޔާދު އެވެ.

ފުލުހުން ބުނީ، މިޔާދު ބޭނުން ކުރާކަމަށް ބެލެވޭ ފޭސްބުކް އެކައުންޓް ތަކުން، ރާއްޖޭގެ ރައީސް އަށާއި، ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އިތުރު އެހެން ފަރާތްތަކަށް ވެސް އެކި ކަހަލަ އިންޒާރު ދީ، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، އެއް ޖިންސުން ގުޅުން ހިންގަން ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރު ކޮށްފައިވަނީ، ރާއްޖޭން ބޭރުގައި ހުރެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ