logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ދުނިޔޭގެ މަޝްހޫރު ސްޓޯންހެންޖް އާއި ވައްތަރު ހިލަގަނޑުތަކެއް އެމެރިކާގެ މިޝިގަންގެ ކޯރެއްގެ އަޑީގައިހުއްޓާ ފެނިއްޖެ

ދުނިޔޭގެ މަޝްހޫރު ސްޓޯންހެންޖް އާއި ވައްތަރު ހިލަގަނޑުތަކެއް އެމެރިކާގެ މިޝިގަންގެ ކޯރެއްގެ އަޑީގައިހުއްޓާ ފެނިއްޖެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކަނޑުގެ އަޑިން ފެނިފައިވާ އެ ސްޓޯންހެންޖަކީ އިނގިރޭސި ވިލާތުގައި ހުރި ސްޓޯންހެންޖަށްވުރެ 5،000 އަހަރަށްވުރެ ގިނަ ދުވަސްވީ ސްޓޯންހެންޖު އެކެވެ.

ނޯތުވެސްޓަން މިޝިގަން ކޮލެޖުގެ ކަނޑުއަޑީގެ އާކިއޮލޮޖީގެ ޕްރޮފެސަރު މާކް ހޮލީ އިސްކޮށް ހުންނަވައިގެން އާކިއޮލޮޖިސްޓުންގެ ޓީމަކުން ކުރި މަސައްކަތެއްގެ ތެރެއިންނެވެ. އެ ޓީމަށް މިޗިގަންގެ ޓްރެވާސް ސިޓީގެ ކޯރުގެ އައްސޭރިފަށުގެ ކަނޑުގެ އަޑިގައި ވަށްކޮސް ތަރުތީބުކުރެވިފައިވާ ކަމަށް ބެލެވޭ ބޮޑެތި ހިލަތައް ފެނުމާއެކު ވަނީ އެ ކޯރުގެ ބެޑްގެ ސާވޭއެއް ކޮށްފަ އެވެ.

އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ހޮލީ ބުނެފައިވަނީ ކަނޑުގެ ގާތްގަނޑަކަށް 40 ފޫޓް (12.1 މީޓަރު) އަޑިން އެގޮތަށް ތަރުތީބުކުރެވިފާކަމަށްބެލެވޭ ހިލަތަކެއް ފެނުމަކީ އުންމީދުވެސް ނުކުރާ ކަމެއްކަމަށާއި، އެ ދިރާސާއިން އެނގުނު ގޮތުގައި ބަރުދަނުގައި ގާތްގަނޑަކަށް ގާތްގަނޑަކަށް 1،360 ކިލޯ ހުރި އެ ހިލަތަކަކީ އިންސާނުން ވިސްނުންތެރިކަމާ އެކު ތަރުތީބުކޮށްފައިވާ ހިލަތަކެއް ކަމަށް ބެލެވޭކަމަށެވެ. އަދި ދިގުމިނުގައި ގާތްގަނޑަކަށް 40 ފޫޓުގެ ހުންނަ 20 ހިލަ ވަށްކޮސް އަތުރާފައިވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *