logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
އިމިގްރޭޝަން އޮފިސަރުން މަސައްކަތުގައި: ކާމިޔާބީތައް ދަނީ ހޯދަމުން. ފޮޓޯ: ސޯޝަލް މީޑިއާ

ވަގަށް ރާއްޖެ ވަންނަން އުޅުނު 50 މީހުން ހިފަހައްޓައިފި

މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. ވަގު ޑޮކިއުމެންޓް ބޭނުންކޮށްގެން ވައިގެ މަގުން ވަންނަން އުޅޭ މީހުންގެ އަދަދު ގިނަވުމާއި އެފަދަ ޑޮކިއުމަންޓައް ބޭނުންކޮށްގެން ރާއްޖެ މަގުން އެހެން ގައުމުތަކަށް ދަތުރުކުރަން މަސައްކަތްކުރާ މީހުންގެ އަދަދުވެސް އިތުރުވުމެވެ. ރާއްޖެއަށް އޮޅުވާލައިގެން ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު މިއަހަރު ވަނީ ހުއްޓުވާފައެވެ. އެ އެންމެންވެސް ބޭނުންކޮށްފައިވަނީ ވަގު ޑޮކިއުމަންޓެވެ.

އިމިގްރޭޝަނުން ވަނީ މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

17 ނޮވެމްބަރ 2023 އިން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތައް:
• ފޭކު ރެސިޑެންޓް ކާޑު: 1
• ފޭކު ޕާސްޕޯޓު: 31
• ފޯޖުކޮށްފައިވާ ޕާސްޕޯޓު: 1
• ވުޖޫދުގައި ނެތް ޤައުމެއްގެ ޕާސްޕޯޓު: 1
• ފޭކު އައިޑީ: 2
• ޝަހްސު އޮޅުވާލުން: 5
• ފޭކު ސްޓޭމްޕް: 4
• ފޭކު ވިސާ: 2
• ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުން: 3

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިފަދަ މީހުންނާމެދު އަދިވެސް ބޮޑަށް ސަމާލުވާން ޖެހެއެވެ. މިއީ ގައުމުގެ ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައެކެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ