logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އުތުރުގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެލާޓް ނެރިފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހެނދުނު 7:00 އިން 11:00އާ ހަމައަށެވެ.

މި ވަގުތުގެ ތެރޭގައި، ގަޑި އަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މި އެލާޓު ނެރެފައި ވަނީ ހެނދުނު 7:00 އިން ފެށިގެން 13:00 އާ ހަމައަށެވެ.

މި ވަގުތުގެ ތެރޭގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ގަޑި އަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްްސާރަކުރާ ދުވަސްވަރަކަށް ވުމުން، ބައެއް ރަށްތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *