logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އީލޮން މަސްކުގެ އޮޕްޓިމަސް ޖެން 2 ހިއުމަނޮއިޑް ރޮބޮޓްތައް ވަރަށް އަވަހަށް އިންސާނުންނާއެކު އުޅެން ފަށާނެ

އެމެރިކާގެ ކެލިފޯނިއާ ގައި ރޭ ބޭއްވި ޓެސްލާ އިވެންޓްގައި އީލޮން މަސްކް ވަނީ ޓެސްލާގެ ހިއުމަނޮއިޑް ރޮބޮޓް އޮޕްޓިމަސް ޖެން 2 ގެ އާ ވާޝަން ދައްކާލާފައެވެ.

ރޭބޭއްވި ޓެސްލާ އިވެންޓް ގައި އީލޮން މަސްކު ވަނީ އެ ރޮބޮޓް ތަކުގެ ނެށުމުގެ ހުނަރުތައްވެސް ދައްކާލާފައެވެ. އޭގެ އިތުރުން ޓެސްލާގެ ސައިބަރކެބް ގެ އައު ރޮބޯޓެކްސީ އާއި ރޮބޯވޭން ވެސް ވަނީ ދައްކާލާފައެވެ.

އެ ރަސްމިއްޔާތުގައި ރޮބޮޓަ ތައް ގޭތެރޭގެ އާއްމު މަސައްކަތްތައް ކަމުގައިވާ ގޭތެރެ ސާފުކުރުމާއި، ގޭތެރޭގގައި ހުންނަ ގަސްތަކަށް ފެންދޭ މަންޒަރާއި، ގޭގެ މީހުންނަށް ފެންފަދަ ބުއިންތައް ގެނެސްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައްކާލަމުން އީލޮން މަސްކު ބުނެފައިވަނީ އެ ރޮބޮޓް ތަކަކީ އިންސާނުންނާއެކު ދުވަހުގެ އާއްމު ދިރިއުޅުމުގައި ކުރާ ހުރިހާ ކަންކަމުގައި ޝާމިލް ވެ އުޅޭ ގޮތައް މިހާތަނަށް އުފައްދާފައިވާ އެއްމެ ބޮޑު އުފެއްދުން ކަމަށެވެ.

އެ އިވެންޓުގައި އޮޕްޓިމަސް ޖެނެރަލް 2 ރޮބޮޓް ތަކެއް ސްޓޭޖަށް އަރައި ޑާންސް ކުރާ މަންޒަރު ހުށަހަޅާދިނުމށްފަހު އީލޮން މަސްކު ވަނީީ ރޮބޮޓްތައް ހިނގާފައި ދިއުމުން ފެށިގެން ޓޭބަލް ގޭމް ކުޅުމާއި، ގޭ ބޭރުގެ ވިނަގަނޑު ކޮށުމާއި، ކުޑަދަރިފުޅު ބެލުން ފަދަ ކޮންމެ ކަމެއް ވެސް އެ ރޮބޮޓް ތަކަށް ކުރެވޭނެ ކަމަށް ބުނެފަ އެވެ.

އީލޮން މަސް ބުނެފައިވަނީ އޮޕްޓިމަސް ޖެނެރޭޝަން 2 ރޮބޮޓެއްގެ އަގަކީ ގާތްގަނޑަކަށް 30،000 ޑޮލަރު ކަމަށެވެ. އަދި ވަރަށް އަވަހަށް އިންސާނުންނާއެކު މި ރޮބޮޓްތައް އުޅޭތަން ފެންނާނެކަމަށްވެސް އީލޮން މަސްކު ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *