logo minivan

English

ހުކުރު, 27 ޑިސެމްބަރ 2024

އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސް ކުޅުދުއްފުށީގައި ފަށައިފި

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ.

ލާމަރުޒަކީ ގުޅުން، މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ހއ، ހދ އަދި ށ. އަތޮޅުގެ އެމްޑީޕީގެ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުން ބައިވެރިވާ މި ކޮންފަރެންސްގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެ ގޮތުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފުގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމް އާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެމްޑީޕީ އިން ބުނީ ސަރުކާރުން މިހާރު އަމަލުކުރާ ގޮތްތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މި ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަމަށެވެ.

ކޮންފަރެންސްގައި އިގުރާރުވާ ކަންކަން ހާމަކޮށް އެކަންކަން ރަނގަޅުކުރަން ސަރުކާރަށް ގޮވާލާނެ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *