logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކްރިއޭޓިވް އިކޮނޮމީ ފަންޑުން ހަތަރު ދާއިރާއަކުން ފައިސާ ދޫކުރަނީ

މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމީ ފަންޑުން ހަތަރު ދާއިރާއަކުން ފައިސާ ދޫކުރަން ހުޅުވާލައިފި އެވެ.

ރާއްޖޭގެ އުފެންދުންތެރި ފަންނުވެރިންނަށް އަމާޒު ކޮށްގެން ތިންލައްކަ ރުފިޔާ އާއި ހަމަައަށް އެހީތެރިކަން ލިބޭ ކްރިއޭޓިވް އިކޮނޮމީ ފަންޑެއް ސަރުކާރުން ތައާރަފުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މިއަދު ވަނީ ފިލްމު އުފެއްދުމާއި މިއުޒިކް އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓް އަދި ކޮންޓެންޓް އުފެއްދުމުގެ ދާއިރާއިން ފައިސާ ދޫކުރަން ހުޅުވާލާފަ އެވެ.

މި ފަންޑަށް އެދެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ އެންމެ ކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ މީހެއްގެ ގޮތުގައި ބީސީސީގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.

މި ފަންޑުން 50،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމައަށް ފަންޑު ފޯރުކޮށްދޭނެ އެވެ.

ފަންޑަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ޕްރޮޕޯޒަލް އާއި ބަޖެޓު ޕްލޭންގެ އިތުރުން ޕްރޮޖެކްޓްގެ ޓައިމްލައިން ހިމެނެ އެވެ.

ފައިސާ ދެއްކުމަށް 24 މަސް ދުވަސް ލިބޭއިރު މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑް ހިމެނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ