logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

"ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ޖަހާފައިވާ ކޮތަޅެއްގެ ތެރެއިިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ

"ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ލޭބަލް ކޮށްފައިވާ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި އެމެރިކާގެ ފުލުހުން ނަށް ފެނިއްޖެ އެވެ.

އެމެރިކާގެ އޮރެގަންގެ ޕޯޓްލޭންޑުގެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ ވެހިކަލެއް ހުއްޓުވުމުން އެ ވެހިކަލް ތެރެއިން "ޔަގީނުން ވެސް މަސްތުވާތަކެތިން ފުރިފައިވާ ކޮތަޅެއް ނޫން" ޖަހާފައި އޮތް ކޮތަޅެއް ފެނުމުން އެ ކޮތަޅު ހުޅުވާ ބެލިއިރު ހުރީ މަސްތުވާތަކެތިން ފުރިފައެވެ.\

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ޕޯޓްލޭންޑް ޕޮލިސް ބިއުރޯއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތީގެ އިތުރަށް ބަރުދަންބަލާ ކައްޓާއާއި، ފައިސާ އަދި ފިސްތޯލަ އެއްވެސް ފެނިފައިވާކަމަށެވެ.

އެ ކަމާ ގުޅިގެން ކާރުގައި ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އަދި އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި ވަގަށް ނަގާފައިވާ ވެހިކަލެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *