logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދަރަނީގެ މައްސަލަތަކުގައި ލަފާ ހޯދުމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް

ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލާގައި މާލީ ލަފާދޭނެ ފަރާތެއް ރާއްޖެއިން ބޭރުން އައްޔަންކޮށްފި އެވެ.

ދެ މަސްދަރަކަށް ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރި ހަބަރުގައި ބުނެފައިވަނީ އައްޔަންކޮށްފައިވަނީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް ކަމަށްވާ ސެންޓަވިއު ކަމަށެވެ. އަދި އެ ކުންފުންޏަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ލަފާދޭނެ ފަރާތެއް އައްޔަންކޮށްފައިވަނީ 2026 ވަނަ އަހަރުގައި 500 މިލިއަން ޑޮލަރުގެ ސްކޫކެއް ސަރުކާރުން ދައްކާ ހަލާސްކުރަން ޖެހޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށަށްދާ ދަނޑިވަޅެއްގަ އެވެ.

ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ދަރަނިހުރީ 8.2 ބިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ 116 އިންސައްތައާ އެއްވަރުގަ އެވެ. އޭގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ބޭރުގެ ދަރަނި ކަމަށްވާއިރު އޭގެ ތެރެއިން ބޮޑު ބައެއް ދައްކަން ޖެހެނީ ޗައިނާއާއި އިންޑިއާއަށެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ސުކޫކުގެ ގޮތުގައި 500 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރުއެ ކޫޕަން ފައިސާތައް ދައްކަން ޖެހެނީ އަހަރަކު ދެ ފަހަރުގެ މަތިން ކަމަށްވާއިރު ކޮންމެ އަހަރަކު އެ ފައިސާ ދައްކަން ޖެހެނީ އޭޕްރީލް އަދި އޮކްޓޯބަރު މަހު އެވެ.

މި އަހަރުގެ ސުކޫކު ކޫޕަން ދައްކާ ހަލާސްކޮށްފައިވާ ކަމަށް މި މަހު ފިނޭންސް މިނިސްޓްރީއިން ވަނީ އިއުލާނުކޮށްފަ އެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ