logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ޑިވެލޮޕްމަންޓް ބޭންކު ގާއިމްކުރުމުގެ ލައިސެންސް ދޫކޮށްފި

ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސެންސް ދޫކޮށްފި އެވެ.

މި ކަމަށްޓަކައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ފަރާތުން ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ލައިސެންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެއެވެ. އަދި ޑިވެލޮޕްމެންޓު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލައިސެންސްއާއި ހަވާލުވެވަޑައިގެންނެވީ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ލައިސަންސާ ގުޅިގެން މިނިސްޓަރު ސައީދ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލަށް އުފައްދާ އެބޭންކުގެ ލައިސެންސްއާއި ހަވާލުވުމުގެ ޝަރަފު ލިބިލެއްވީތީ އުފާކުރައްވާ ކަމަށެވެ. އަދި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ގެ މެނިފެސްޓޯއާއި، އިގްތިސާދީ ތަރައްގީގެ ތަސައްވުރުގައި މުހިންމު ކާމިޔާބީއެއް ކަމުގައި ވެސް މިނިސްޓާ ސައީދް ވިދާޅުވިއެވެ.

މި ބޭންކު ހުޅުވުމުން، ރާއްޖޭގެ މާލީ ދާއިރާއަށާއި ތަރައްގީގެ އެހެނިހެން ދާއިރާތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ރިސޯޓް ހެދުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންނާއި ރިއަލްއެސްޓޭޓާއި ހައުސިންގ ފަދަ ދާއިރާތަކުން އިންވެސްޓުކުރާނެ ފަރާތްތަކަށް މުހިންމު ހަބެއްގެ ގޮތުގައި މި ބޭންކު ވެގެންދާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކު އުފައްދަން ހުއްދަ އަށް އެދި އިކޮނޮމިކް މިނިސްޓްރީން އެމްއެމްއޭ އަށް ހުށަހެޅީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުގައެވެ.

މި ބޭންކުގެ އިސް މަގާމުތަކަށް ސަރުކާރުން ވަނީ، މިދިޔަ މަހުގެ ތެރޭގައި ބޭރުގެ ތަޖުރިބާކާރުންތަކެއް އައްޔަންކޮށްފައެވެ. އެގޮތުން އެ ބޭންކްގެ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައިވަނީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އަދި ޗެއާޕާސަނަކަށް އައްޔަންކޮށްފައިވަނީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *