logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޓެކްސީއެއްގެ ޑިކީތެރެއިން ފެނުނު ގަނޑުކުރި ކުކުޅުތަކަކާއި ނަގެޓްސްތަކެއްގެ ވެރިފަރާތް ހޯދަނީ

ޓެކްސީއެއްގެ ޑިކީތެރެއިން ފެނުނު ގަނޑުކުރި ކުކުޅުތަކަކާއި ނަގެޓްސްތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލޭން ހުޅުމާލެ ލަކުޑި ޖެޓީއަށް ދަތުރުކުރި ޓެކްސީއެއްގެ ޑިކީ ތެރެއިން ފެނިފައިވާ ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެހެން ކަމުން އެ ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން މި ތަކެތީގެ އިތުރު މައުލޫމާތު ސާފުކުރުމަށް ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9980062 އަށް ގުޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ